ސްމާޓް ޓީވީތަކަށް ޓުވިޓާއިން ހާއްސަ އެޕެއް ތައާރަފުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޓުވިޓާގެ ވެރިޔާ އެލޮން މަސްކް ވަނީ ޓުވިޓާގެ ވީޑިއޯ އެޕެއް ސްމާޓް ޓީވީތަކަށް ތައާރަފު ކުރަން ނިންމާފައިވާކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ.

އެލޮން މަސްކް ވަނީ ޓުވިޓާގެ ޓީވީ އެޕްގެ އެހީގައި، ކުރިއަރަމުން އަންނަ ވީޑިއޯ ކޮންޓެންޓް އިންޑަސްޓްރީއަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށްވެސް ފާހަގަކުަރއްވައިފައެވެ.

ޓުވިޓާގެ ސީއީއޯ ލިންޑާ ޔަކާނިއޯ އާއި މަސްކު ގުޅިގެން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންވެސްޓާ ޕްރެޒެންޓޭޝަނެއްގައި ޓުވިޓާއިން ވީޑިއޯ ޕްލެޓްފޯމަކަށް ފޯކަސް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ޑިޖިޓަލް އެޑްވަޓައިޒިން އަށް އިންގިލާބީ ބަދަލެއް ވީޑިއޯ އެޕްގެ ސަބަބުން އަންނާނެ ކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.