ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ވޯޓަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ފިއްލަވައިގެން އުޅުއްވުމަކީ، މަޖިލީހުގެ އިތުބާރު ލިބޭނެ ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، "މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް، ވޯޓަށް ފިއްލަވައިގެން މިތަނުގައި ވޯޓު ނެގުނަ ނުދޭންވެގެން އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ހިމާޔަތުގައި، މަޖިލީހުގެ އިމްތިޔާޒަށް އަރުއްވައިގެން މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިގެން އެބޭފުޅުންނާ ހަވާލުކޮށްފައި ހުރި މަސްއޫލިއްޔަތުތަކަށް ފިއްލަވައިގެން ގޭތެރޭގައި މަޖިލީހުގެ ރިޔާސަތު ބޭއްވުމަށްޓަކައި ހިންގަވަމުން ގެންދަވާ ވަރަށް ހަޑި ހުތުރު ޖަރީމާއެއް،" ކަމަށެވެ.
ވޯޓު ނެގިޔަ ނުދީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވަނީ، މުހިއްމު އެތައް ކަމެއް ކުރަން ހުއްޓައި ކަމަށެވެ. އޭގެ ތެރޭގައި މުހިއްމު ބިލުތައް ހިމެނޭކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ، އެކަންކަން ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވަނީ ކޮމިޓީތައް ހުއްޓުވައިލުމުން ކަމަށެވެ.
"އިތުބާރު ނެތް ރައީސަކާއި ނާއިބު ރައީސެއް އުޅުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން، އެއީ ޑިމޮކްރަސީއެއް ނޫން،" ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު