މާލެ އަތޮޅު ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، މާލެ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ރޭޕް ކޮށްފައިވާ މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފަތުރުވެރިޔާ ރޭޕްކޮށްފައިވަނީ ރިޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑުގައެވެ. ރޭޕްކޮށްފައިވަނީ ޗައިނާގެ ފަތުރުވެރިއެއް ކަމާއި އޭނާގެ ރޭޕްގެ ތުހުމަތު ވަނީ އެ ރިސޯޓުގައި އުޅޭ ދިވެހި ބަޓުލަރަކަށް ކަންވެސް އެނގިފައިވެއެވެ.