ފަތުރުވެރިން ގޮވައިގެން ޖައްވަށްދާ ފުރަތަމަ ފްލައިޓް މިމަހު ފުރާނެކަމަށް ވާޖިން ގެލެކްޑިކް އިން ބުނެފިއެވެ.

ފުރަތަމަ ސްޕޭސް ފްލައިޓަށް ދީފައިވާ ނަމަކީ "ގެލެކްޓިކް 1" ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިމަހުގެ 27 އާއި 30 އާ ދޭތެރޭ ފްލައިޓް ފުރުވައިލެވޭނެކަމަށްވެސް ވާޖިން ކުންފުނިން ބުނެއެވެ.

ގެލެކްޓިން 2 އަންނަ އޮގަސްޓު މަހަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ވާޖިން އިން ބުނެއެވެ.

ގެލެކްޓިން 1ގައި އިޓަލީގެ ނެޝަނަލް ރިސާޗް ސެންޓަރުގެ ފަރާތުން ޓީމެއް ހާއްސަ ތަހުލީލުތަކެއް ކުރުމަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. ފަތުރުވެރިންނާއެކު ޖައްވަށް ކުރާ ދަތުރުގައި ތިންދުވަހުގެ މުއްދަތަކަށް ޖައްވުގައި ބުރު ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ވާޖިން ގެލެކްޓިކް އިން ވަނީ ޖައްވަށް މީހުން ފޮނުވުމަށް ހާއްސަ ޕެކޭޖެއް ހަދައި ޓިކެޓު ވިއްކަން ފަށާފައެވެ. ފުރަތަމަ ބެޗުގައި މިހާތަނަށް 800 ޓިކެޓު ވިކިފައިވާއިރު ޓިކެޓެއްގެ އަގު އުޅެނީ 200،000 ޑޮލަރަށެވެ. ނަމަވެސް މިހާރު ޓިކެޓު ވިއްކަނީ 450،000 ޑޮލަރަށެވެ.