މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ކިޑްނީ ހިލަ ނަގައިފިއެވެ.

ބަރުދަނުގައި 801 ގްރާމް ހުރި އެހިލަ ނަގާފައި ވަނީ ލަންކާގެ ރައްޔިތެއްގެ ކިޑްނީންނެވެ.

13.372 ސެންޓިމީޓަރު ދިގު އެހިލަ ނަގާފައިވަނީ ސްރީ ލަންކާގެ އާމީ ޑޮކްޓަރުން ކުރި އޮޕަރޭޝަނެއްގައެވެ.

މީގެ ކުރިން އިންޑިއާގައި ވަނީ 13 ސެންޓި މީޓަރުގެ ދިގުމިން ހުރި ހިލައެއް ނަގާފައެވެ. އަދި ޕާކިސްތާނުން ވަނީ 620 ގްރާމް ބަރުދަނުގައި ހުރި ހިލައެއް ނަގާފައެވެ. ނަމަވެސް ލަންކާގެ ރައްޔިތެއްގެ ކިޑުނީން ނެގި މި ހިލަ ވެފައިވަނީ ޕާކިސްތާނާއި އިންޑިއާއިން ނެގި ހިލައިގެ ދެ ރެކޯޑުވެސް މުގުރާލި ހިލައަކަށެވެ.

ލަންކާގެ އެ މީހާގެ ކިޑުނީން އެހާ ބޮޑު ހިލައެއް ނެގި ނަމަވެސް އޭނާގެ ކިޑުނީ ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ކިޑްނީގައި ޖިލަ އުފެދުމަކީ ދިވެހީންނަށް ވެސް ވަރަށް އާންމުކޮށް މެދުވެރިވާ ކަމެކެވެ.