ޗައިނާގައި މިދިޔަ އަހަރު ކޮށްފައިވަނީ އެންމެ 6.83 މިލިއަން ކައިވެނި ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ސިވިލް އެފެއާޒް އިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރު އެ ގައުމުގައި 6.83 މިލިއަން ކައިވެނި ކުރިއިރު އެއީ އޭގެ ކުރީ އަހަރަށްވުރެ 10.5 އިންސައްތަ ދަށްވުމެއް ކަމަށް އޮފިޝަލުން ބުނެއެވެ.
2021 ވަނަ އަހަރު ޗައިނާގައި ވަނީ 7.63 މިލިއަން ކައިވެނި ކޮށްފައި ކަމަށް މިނިސްޓްރީން ހާމަކުރި ހިސާބުތަކުން ދައްކައެވެ.
ޗައިނާގެ އޮފިޝަލުން ވަނީ އެގައުމުގައި ކައިވެނި ކުރާ މީހުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް ދަށްވުމާއި އުފަންވާ ރޭޓުވެސް ދަށްވަމުން ދާކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދަށް އޭގެ އެނގުން ވެފައިވާކަމަށް ބުނެފައެވެ.
ކޮވިޑްގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް ދިގު މުއްދަތަކަށް ދެމިގެން ދިއުމަކީ އެގައުމުގައި ކައިވެނި ކުރާ ނިސްބަތް މަދުވި އެއް ސަބަބު ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ޗައިނާގެ އާބާދީ ވަނީ މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް ދަށް ވެފައެވެ. މިދިޔަ އަހަރު ވެފައި ވަނީ ވޭތުވެދިޔަ 60 އަހަރު ތެރޭ އެގައުމުގައި އަލަށް އުފަންވާ ރޭޓު ދަށް ވެގެން ދިޔަ އަހަރެއް ކަމަށެވެ.
މިނިސްޓްރީ އޮފް ސިވިލް އެފެއާޒް އިން ނެރެފައިވާ ހިސާބުތަކުން ދައްކާގޮތުން ޗައިނާގައި މިދިޔައަހަރު 2.1 މިލިއަން ވަރި ރަޖިސްޓްރީ ކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ