ޓައިވާނާ ގުޅުން ކަނޑާލުމަށްފަހު ހޮންޑިއުރަސް އިން ޗައިނާގައި އެމްބަސީއެއް ހުޅުވައިފިއެވެ.

މެދުތެރޭ އެމެރިކާގައި އޮންނަ ހޮންޑިއުރަސް އިން އެގައުމުގެ އެމްބަސީ ހުޅުވާފައިވަނީ ބެއިޖިން ގައެވެ.

ހޮންޑިއުރަސް އިން ވަނީ ޗައިނާއާ އެކު ދާޚިލީ ގުޅުން ގާއިމުކުރުމަށް ޓައިވާނާއި ހޮންޑިއުރަސްއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައިފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގަންގްގެ އިތުރުން ހޮންޑިއުރަސްގެ އޮފިޝަލުން ވަނީ އެމްބަސީ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ޗިން ގަންގް ވަނީ ހޮންޑިއުރަސް އާއި ޗައިނާގެ ގުޅުން ތަފާތު ހަރުފަތަކަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.