އިންޑިއާގައި އެއްފަހަރާ 2،143 ކައިވެނި ކޮށްފިއެވެ.
އިންޑިއާގެ ރާޖިސްތާނުގެ ބާރަން ސްޓޭޓްގައި 2،143 ކައިވެނި ކޮށްފައިވަނީ 6 ގަޑިއިރު ތެރޭގައެވެ. މިއީ ދުނިޔޭގެ ދެރެކޯޑެއް މުގުރާލުމަށް އަމާޒު ހިފައިގެން ބޭއްވި އިވެންޓެކެވެ.
ބޮޑު ކައިވެނި ހަފުލާ އިންތިޒާމު ކޮށްފައިވާ ފަރާތުން ވަނީ ހިންދޫންގެ އިތުރުން މުސްލިމުން ވެސް މިހަފުލާގައި ކައިވެނި ކުރުވައިފައެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ އެ ހަފުލާ ދިރާސާކޮށް ދެ ކެޓަގަރީއަކުން ރެކޯޑް ގާއިމު ކުރިކަމަކަށް ބުނެފައެވެ.
ގިނިސް ރެކޯޑް އިން ވަނީ މިއީ 12 ގަޑިއިރު ތެރޭ އެންމެ ގިނަ މީހުން އެއްފަހަރާ ކައިވެނިކުރި ރެކޯޑުގެ އިތުރުން 24 ގަޑިއިރުތެރޭ އެންމެ ގިނަ ބަޔަކު ކައިވެނި ކުރި ހަފުލާކަމަށް ނިންމައި ދެ ރެކޯޑު މުގުރައިލިކަމަށް ބުނެފައެވެ.
އިވެންޓު އިންތިޒާމު ކުރިފަރާތުން ވަނީ އެމީހުންގެ މައިގަނޑު މަގުސަދަކީ ކައިވެނި ހަފުލާއަކަށް ހަރަދުކުރުމަށް ނުކުޅެދޭ މީހުންނަށް ފުރުސަތު ދިނުން ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ