މިހާރު ކުރިއަށްދާ އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގަތައް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ކަލާފާނު ސްކޫލުން ހޯދައިފިއެވެ.
އަހުމަދިއްޔާއާއި ކަލާފާނު ފައިނަލް ޔަގީންކުރީ ރޭ ގައުމީ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ކަލާފާނު ސްކޫލުން ފައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލުގައި މަޖީދިއްޔާ ސްކޫލް އަތުން ފަސޭހަކަމާ އެކު 5-0 އިން މޮޅުވެގެންނެވެ. މެޗުގައި ކަލާފާނު ސްކޫލްގެ ގޯލުތައް ޖެހީ އީހާން އިބްރާހިމާއި ހުސެއިން އިލްހާމް އިބްރާހިމްގެ އިތުރުން ޔޫސުފް ރަޔާން ރިޔާޒެވެ. މެޗުގައި އިލްހާމް ދެ ގޯލު ޖެހި އިރު، މަޖީދިއްޔާގެ އައިހަމް އަބްދުލް ފައްތާހު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ސެމީ ފައިނަލް އަހުމަދިއްޔާއާއި މާފުށީ ސްކޫލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި އިރު، އަހުމަދިއްޔާއިން ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އެކަމަކު، މާފުށީ ސްކޫލް ބަލިވީ އެއް ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ފައިނަލް މެޗު އޮންނާނި އަންނަ އާދިއްތަ ދުވަހުގެރޭ 8:30 ގައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ