ރ. އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓާ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫގެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 67.20 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.
- 14,417 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 32,310 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުން
- 950 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
- 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 18 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- ވެލިބަރުކޮށްފައިވާ ބޭރުތޮށީގައި 222 މީޓަރުގެ ބޭރު ރިވެޓްމެންޓެއް ޖެހުން
- 472 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- މޫރިން ބޮއި ހަރުކުރުން
- 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
- 2716 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
- 251 މީޓަރުގެ ކާބް ހަރުކުރުން
އެމްޓީސީސީން ބުނީ އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ބަނދަރުގައި އަޅާފައި އޮންނަ އުޅަނދުފަހަރަށް ޖާގަ ތަނަވަސްވެ ރައްޔިތުންނަށް ވަމުންއަންނަ ދަތިތަކަށް ނިމުމެއް އަންނާނޭ ކަމަށެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވ.ެ
ޚަބަރު
ޚަބަރު
ޚަބަރު