މޫސުމާބެހޭ އެކްޓިވިސްޓުންތަކެއް ކޯޕަންހޭގަންގައި 100 އަށްވުރެން ގިނަ ކާރުގެ ފުރޮޅުން ވައި ދުއްވާލައިފިއެވެ.
ޑެންމާކުވެ ވެރިރަށް ކޯޕަންހޭގަންގައި ހަރަކާތްތެރިވާ މޫސުމާބެހޭ އެކްޓިވިސްޓުންތަކެއް ވަނީ އެގައުމުގެ ވެރިރަށުގައި ކާރުތަކުގެ ފުރޮޅުން ވައި ދޫކޮށްލާފައިވާކަމަށް ބުނެ އެކަމުގެ ޒިންމާ ވެސް ނަގައިފައެވެ.
އެ އެކްޓިވިސްޓުން ވަނީ އެމީހުންގެ ވެބްސައިޓުގައި އެމީހުން އެކަން ކުރީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އެމީހުން ކުރާ މަސައްކަތްތަކުގެ ދަށުން ކަމަށްވެސް ބުނެފައެވެ. އެ މީހުން ވަނީ ކާރުތަކުން ޖަށްވަށް ދޫކުރާ ނުބައި ގޭހާއި އެ ކާރުތައް ދުއްވާ ޑްރައިވަރުން ރައްކާތެރިނޫންކަމަށް ބުނެފައެވެ.
ކޯޕަންހޭގަންގެ ފުލުހުން ވަނީ އެމައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ބުނެފައެވެ. ފުލުހުންގެ އޮފިޝަލަކު ވަނީ ކާރުތަކަށް ދިން ގެއްލުން ފެނުނު ފަރާތްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
މިހާތަނަށް ފުރޮޅުން ވައިދޫކޮށްފައިވަނީ ކިތައް ކާރުން ކަމެއް އަދި ސާފެއް ނުވެއެވެ. އެކްޓިވިސްޓުން ވަނީ ކާރުތަކަށް ގެއްލުން ދިނުމަށްފަހު އޭގައި ނޯޓެއް ހަރުކޮށްފައިވާކަމަށް ބުނެފައެވެ.
ޑޭންމާކް ނޫސްތަކުންވަނީ ގެއްލުން ދީފައިވާ ވެހިކަލުތަކަކީ ތިމާވެއްޓާ ރައްޓެހި ވެހިކަލުތަކެއް ނޫންކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ