ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ.
ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހުއެވެ. ޖުމްލަ 40.56 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ އާދީއްތަ ދުވަހު ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 30,172 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 4,389 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި 2,040 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 295 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.
މީގެ އިތުރުން 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 314 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 10 މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި އެކްސަސް ޕްލެޓްފޯމެއް ގާއިމުކުރުމާއި 1,556.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު