ކ. ކަނޑުއޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 59 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ޖުމުލަ 36.13 މިލިއަން ރުފިޔާގެ މި މަޝްރޫއު ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ ކަނޑުއޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 10،000 މީޓަރުގެ ނެރު ފުންކުރުމާއި 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި 265 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާއި ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ އިތުރުން އީއައިއޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިފްކޯގެ ބެލުމުގެ ދަށުގައި އޮންނަ ކަނޑުއޮތްގިރިއަކީ އެ ކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމުކޮށްފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ފެސިލިޓީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު