ކޮވިޑްގެ ސަބަބުން މާސްކު އެޅި ބައެއް މީހުންނަށް ހިނިތުންވާން ދަސްކޮށްދޭ ސެޝަންތަކެއް ޖަޕާނުގައި ފަށައިފިއެވެ.
ޖަޕާނުގެ އެންއެޗްކޭއިން ނެގި ވޯޓެއްގައި ވަނީ އެގައުމުގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލި ނަމަވެސް މިހާރުވެސް 55 ޕަސެންޓް މީހުން މާސު އަޅާކަން ހާމަވެފައެވެ.
ޖަޕާނުގައި ގިނަ އަހަރުތަކެއް ވަންދެން އަބަދު މާސްކު އަޅައިގެން އުޅުނު މީހުންނަށް މާސްކު ނެގުމާއެކު ކުރިން ދިރިއުޅުނު ގޮތަށް ދިރިއުޅުން އަލުން ބަދަލުކުރުމަށް ދަސްކޮށްދޭން އެކިގޮތްގޮތުން ވަނީ މަސައްކަތް ފަށާފައެވެ.
ޖަޕާނުގެ ޔޮޝިޑާގައި "ސްމައިލް އިންސްޓްރަކްޓަރ" އެއްގެ އެހީގައި ވަނީ މާސްކު ނެގުމަށްފަހު އަލުން ހިނިތުންވާނެގޮތް ދަސްކޮށްދޭން ކުލާސްތައް ނަގަން ފަށާފައެވެ.
ކެއިކޯ ކަވަނޯވާ ނަމަކަށް ކިޔާ މި"ސްމައިލް އިންސްޓްރަކްޓަރ" ގެ އެހީގައި ނަގާ ކުލާސްތަކުގައި އޭނާ ވަނީ ކޮންމެ މީހަކުވެސް ލޯގަނޑެއް އަތުން ހިފައިގެން ހުރެ މޫނުގެ ކަސްރަތު ކުރުމުގެ އިތުރުން ތުންފަތްމައްޗަށް ބަދަލު ގެނައުމަށް މޫނުމަތީގެ މަސްތައް ސްޓްރެޗްކުރާނެ ގޮތް ކިޔާދީފައެވެ.
ހިނިތުން ވުމަށް ދަސްކޮށްދޭ ސެޝަންތައް ފެށުމާއެކު ޖަޕާނުގައި އެކަން މަގުބޫލުވެ ބޮޑު ހަރަދުކޮށްގެން ވަކި ވަކި މީހުުންވެސް ސެޝަންތައް ނަގަން ވަނީ ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ