ސިންގަލް ޔޫޒް ޕްލާސްޓިކާ ދެކޮޅަށް ކަނޑައެޅި ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން އެއް އަަހަރު ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 ޕަސެންޓް މަދުވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ހައްލު ހޯދަން ޖެހިފައިވާ އެންމެ ބޮޑު އެއް ކަމަކީ ޕްލާސްޓިކް ކުނީގެ މައްސަލަ ކަމަށެވެ.
އެގޮތުން ސިންގަލް ޔޫޒް ޕްލާސްޓިކު ބާވަތްތަކަކީ ތިމާވެށްޓަށާއި އިންސާނުންގެ ސިއްހަތަށްވެސް ނުރައްކާވާ އެއްޗެއްކަމުން ސިންގަލް ޔޫޒް ޕްލާސްޓިކުގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި އަދި ރާއްޖޭގައި ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި ސިޔާސަތުގެ ތަންފީޒުކުރަން ފެށި ފަހުން އެއް އަހަރު ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަރުވެއްޖެ. ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުގެ އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކުރާ ގައުމަކަށް ހެދުން," ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު