Close
ދުނިޔެ

މަރާލުމަށްފަހު ކޮތަޅުތަކަށްލައިފައި ހުރި ހަށިތަކެއް މެކްސިކޯއިން ހޯދައިފި

މުހައްމަދު އައުޒަމް

މަރާލުމަށްފަހު ކޮތަޅުތަކަށްލައިފައި ހުރި ހަށިތަކެއް މެކްސިކޯއިން ހޯދައިފިއެވެ.

މެކްސިކޯގެ ގުއަޑަލަޖާރާ ސަރަހައްދުން ފެނިފައިވާ ހަށިތައް ހުރީ ކޮތަޅުތަކަށް ލާފާއިކަމަށް އެގައުމުގެ ޕްރޮސިކިއުޓަ އޮފީހުން ވަނީ ބުނެފައެވެ.

ފެނިފައިވާ ހަށިތަކުގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންގެ ކަށިތައް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

މި ހަށިތައް ފެނިފައިވަނީ އެގައުމުގެ ޒަޕޯޕާން ޑިސްޓްރިކްޓުން ހަތް މީހަކު ގެއްލިގެން އެމީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަނިކޮށެވެ. ފެނިފައިވާ ހަށިތަކުގެ ތެރޭގައި އެ ހަތް މީހުން ހިމެނޭ ކަން އަދި ހާމަކޮށްފައި ނުވާކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

މެކްސިކޯއިން މީހުން ގެއްލިގެން ހޯދުމަކީ އާންމު ކަމެކެވެ. އޮފިޝަލުން އެއްކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެގައުމުގެ 110،000 މީހުން ގެއްލިގެން ހޯދުމުގެ އެތަކެއް ސަތޭކަ އޮޕަރޭޝަން މިހާތަނަށް ކުރިޔަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ގިނައީ ޑްރަގާ ގުޅުންހުރި ކަންކަމުގައި ގެއްލިފައިވާ މީހުންކަމަށް އޮފިޝަލުން ބުނެއެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައިވެސް އެގައުމުން 18 މީހެއްގެ ހަށިގަނޑު ކޮތަޅުތަކަށްލައި ބަންދުކޮށްފައި ހުއްޓާ ހޯދައިފައިވެއެވެ.

2020 ވަނަ އަހަރުގައި މެކްސިކޯގެ އެލް ސަލްޓޯ އިން ވަނީ 113 މީހުން މަރާފައި އެއްތަނެއްގައި ވަޅުލާފައި ހުރި ކަށްވަޅެއް ފެނިފައެވެ.