ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސާވިސަސް މެދުވެރިކޮށް ރާއްޖެއަށް ގަނޑުކޮށް ބޭސް ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ޔޫއެންޑީޕީގެ ފަަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ މަންދޫބު އެންރީކޯ ގަވޭލިއާ އެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސާވިސަސް މެދުވެރިކޮށް ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް، ގަނޑުކޮށް ގެނެވޭނެ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ މަގުސަދަކީ އެސްޓީއޯއިން ބޭސް އެތެރެކުރުމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރުމާއި ފެންވަރު ރަނގަޅު ބޭހާއި ސިއްހީ ސާމާނު އެތެރެކުރުމަށް މަގުފަހިކޮށް، އާންމު ސިއްހަތުގެ ދާއިރާގެ ތެރޭގައި ކެޕޭސިޓީ ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެންމެންނަށް ސިއްހީ ހިދުމަތް ހޯދުމުގެ ފުޅާ އަމާޒު ހާސިލުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ މި އެއްބަސްވުމަކީ އާސަންދަ ސްކީމު މެދުނުކެނޑި ކުރިއަށް ގެންގޮސް، އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ރަނގަޅު ސިއްހަތާއި ދުޅަހެޔޮކަމުގެ ލަނޑުދަނޑި ހާސިލުކުުރުމަށް ސަކުރާކުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު