ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުލް ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާ ކަމަށް އެ މަޝްރޫއުތައް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފި އެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކޮމަންޑޫގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުތަކަށް ބޭނުންވާ ބޭނުންވާ ބޮޑު ހިލައިގެ ފުލް ޝިޕްމަންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އާކުރުމުގެ މަސައްކަތުގެ 52 ޕަސެންޓު މަސައްކަތްވެސް މިހާރު ނިންމާލާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވައިލުން ހިމެނެއެވެ. އޭގެ އިތުރުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.
ދެ ކޮމަންޑޫ ގުޅައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި އެމްޓީސީސީ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 235.75 މިލިއަން ރުފިޔާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު