Close
ވިޔަފާރި

މިމަހު 30ގައި ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަނީ، ކޮންމެ ރެއަކު ދަތުރެއް

މުހައްމަދު އިޝާން

މާލެއިން، ކުޅުދުއްފުށި ސިޓީއަށް ކޮންމެ ރެއަކު ފުލައިޓު ބާއްވަން މޯލްޑިވިއަން އިން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ މާލެއިން، ކުޅުދުއްފުއްޓަށް ފުލައިޓު ބާއްވަން ހަމަޖެހިފައިވަނީ 18:50 ގައި ކަމަށެވެ. އަދި ކުޅުދުއްފުށިން، މާލެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ 20:15 ގައި ކަމަށެވެ.

އެ ޝެޑިއުލާ އެއްގޮތަށް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ބާއްވަން ފަށާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މިމަހުގެ ކުރީކޮޅު ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ބާއްވަން ފެށުމުގެ ގޮތުން ވަނީ ޓެސްޓު ފުލައިޓް ޖައްސައިފައެވެ. ރޭގަނޑު ދަތުރުތައް ކުރަން ފެށުމުން އެ އެއާޕޯޓަކީ 24 ގަޑިއިރު މަސައްކަތްކުރާ އެއާޕޯޓަކަށް ބަދަލުވެގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓް ލިމިޓެޑުން ވަނީ ކުރިން ބުނެފައެވެ.