Close
ޚަބަރު

ރާއްޖޭގެ އެންމެ ވަރުގަދަ 100 ކުންފުނީގެ ތެރޭގައި އެލައިޑް!

ވިޔަފާރީގެ ދާއިރާއިން އެންމެ ކާމިޔާބު ދިވެހި ކުންފުނިތަކަށް ދޭ "ގޯލްޑް 100" އެވޯޑު, ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސް އަށް ލިބިއްޖެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން ދޭ އެންމެ މަގުބޫލު އެވޯޑް, ގޯލްޑް 100 އަކީ ވިޔަފާރިތައް ރޭންކް ކުރުމުގައި ބަދަލުގައި އިނގިރޭސި އަކުރުގެ ތަރުތީބުންނެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި އަހަރުގެ ގޯލްޑް 100 ގާލާގައި އެލައިޑްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ, މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

އެވޯޑް ލިބުމުން އެލައިޑުން ބުނީ, ގޯލްޑް 100 އާއެކު އިތުރު ހަރުފަތްތަކަކަށް ދިއުމަށް ކުންފުންޏަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފި ކަމަށެވެ. އަދި އެ ލިބުނު ފާހަގަކޮށްލެވޭ ޝަރަފު ހާއްސަކުރަން ބޭނުންވަނީ ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ އެ ކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުންނަށް ކަމަށް ބުންޏެވެ.