މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އޮސްޓްރިޗަކާއެކު މީހަކު ނަގާފައިވާ ފޮޓޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެ ފޮޓޯގައި ފެންނަ ދޫނީގައި ފަސް ވަރަކަށް ފޫޓު ހުންނާނެއެވެ.
ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "ވަން" އަށް މިއަދު ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން ހުއްދަ ދީފައިވާނީ ދޫނި ފާމެއްގައި އޮސްޓްރިޗް ގެންގުޅުމަށް ކަމަށެވެ.
"ފާމްތަކުގައި ގެންގުޅެން ހުއްދަ ދީފައިވާނެ. އެ މައްސަލަ މިހާރު ބަލަމުން މިދަނީ އެކަމަކު ގެއެއްގައި އެގޮތަށް ގެންގުޅެން ހުއްދަ ދީފައެއް ނުވާނެ" ނަސްރުﷲ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ވަނީ އޮސްޓްރިޗް ގެންގުޅެން ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ އީރާނުން ރާއްޖެ އެތެރެކުރި 50، ޑޮމެސްޓިކް އޮސްޓްރިޗްގެ ބިހަށް ދޫކޮށްފައިވާ ހުއްދަ އެކެވެ
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ، ރާއްޖޭގެ މާހައުލާ ނުގުޅޭ ދޫނިތައް ރާއްޖެ އެތެރެކޮށް ގެންގުޅުމަކީ އެ އެޖެންސީން ބާރު އަޅާކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު