އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ސަރުކާރުން ހިންގަމުން އަންނަ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން 12 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ލޮޓްތަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ލޮޓްތައް ބަހާފައިވާ ގޮތަކީ؛

ލޮޓް 2 ކ. މާފުށި އަދި ކ. ގުރައިދޫ (ބިޑް ސެކިއުރިޓީ އަކީ ގޮތުގައި 50,000ރ)

ލޮޓް 3 ވ. ތިނަދޫ އަދި ވ. ފެލިދޫ (ބިޑް ސެކިއުރިޓީއަކީ 40،000ރ)

ލޮޓް 4 ވ. ކެޔޮދޫ އަދި ވ. ރަކީދޫ (ބިޑް ސެކިއުރިޓީ އަކީ 40,000ރ)

ލޮޓް 5 އދ. މަހިބަދޫ އަދި އދ. ހަންޏާމީދޫ (ބިޑް ސެކިއުރިޓީ އަކީ 60,000ރ)

ލޮޓް 6 އއ. ހިމަންދޫ އަދި އއ. ފެރިދޫ (ބިޑް ސެކިއުރިޓީ އަކީ 55,000ރ)

ލޮޓް 7 އއ. ތޮއްޑޫ (ބިޑް ސެކިއުރިޓީ އަކީ 30،000ރ)

ލޮޓް 8 ކ. ކާށިދޫ (ބިޑް ސެކިއުރިޓީ އަކީ 30،000ރ)

މި ރަށްތަކުގައި ކުނި މެނޭޖުކުރާ މަރުކަޒު ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުވެސް ފިނޭންސް މިނިސްޓްރީން އިއުލާނުކުރި އެވެ. އެ އިއުލާނުގައި މި ރަށްތަކުގެ އިތުރުން ތުލުސްދޫ އާއި ހިންމަފުށި އަދި ހުރާ ވެސް ހިމަނާފައިވެ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ އެ އިއުލާނާ ގުޅިގެން އެމަސައްކަތަށް ބީލަން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 500ރ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 5ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް، މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

ބީލަން ހުޅުވުން އޮންނާނީ 2023 ޖޫން 8ވާ ބުރާސްފަތި ދުވަހުގެ 11:00ގައެވެ.