އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
ދެހާސް ދުއިސައްތައަށްވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި، ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ އިހުތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައެވެ.
މި އިހްތިފާލުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާގެ މެންބަރުންނާއި 203 ގައުމެއްގެ މަންދޫބުން ހިމެނިވަޑައިގަންވައެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާއި ސަތޭކައެއްހާ ގައުމުތަކުން އެ ގައުމުތަކުގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.
ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން، ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމީ އިހުތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓާ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ އިއްޒަތުގައެވެ.
ކިންގް ޗާލްސް 3 ވަނަ އުފަންވެވަޑައިގެންނެވީ 1948 ގައެވެ. ކުރިން ޕްރިންސް އޮފް ވޭލްސް އަދި މިހާރު ކިންގް ޗާލްސް 3 ވަނައަށް ރަސްކަން ވާރުތަވެވަޑައިގެންނެވީ 1952 ވަނަ އަހަރު ރާނީ އެލިޒަބަތު 2 ވަނަ ތަހުތުގައިވެޑުވުމާއި ހަމައިންނެވެ. އެއަށް ފަހު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު، ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވެވަޑައިގެންނެވުމާ ގުޅިގެން ރަސްކަމުގެ ތަހުތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު