ރ. އިނގުރައިދޫގައި ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ އިނގުރައިދޫ ކައުންސިލްގެ މިދިޔަ ދައުރުގެ ނައިބު ރައީސް މުހައްމަދު އިބްރާހީމް، 55 އެވެ.
އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު "ވަން" އަށް މިރޭ ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:40 ހާއިރު ސަފާރީގެ އިންޖީނުގައި އޮޅިފައިވާ ވަލެއް ނެއްޓުމަށް އަޑިއަށް ފީނުމުގެ ތެރޭގައި ކަމަށެވެ. ހާދިސާ ހިނގާފައިވަނީ ބަނދަރު ފަޅު ތެރޭގައި ކަމަށެވެ.
"ފަޅުތެރެއިން އައިސް ޖެޓީއާ ގާތްކުރި ވަގުތު ވަލެއް އޮޅިގެން އޭނާ ފޭބީ، އެއިރު އިންޖީނު ހުރީ ނިއްވާނުލާ، އެހެންވެ އިންޖީނަށް އޭނާވެސް އޮޅާލީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަނިޔާވެފައިވަނީ މުހައްމަދު އިބްރާހީމްގެ ބޮލަށް ކަމަށާއި އެގޮތުން އޭނާގެ ބޯ އެއްކޮށް ޗިސްވެފައިވާ ކަމަށެވެ. ސިކުޑި އާއި ބޮލާ ވަކިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިނގުރައިދޫ ހޮސްޕިޓަލްގެ މެނޭޖަރު އަބްދުﷲ ހުސައިން ވިދާޅުވީ، މުހައްމަދު އިބްރާހީމް މަރުވެފައިވަނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު