ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކޮށްފައިވާ މާފުށި ޖަލުގެ ޔުނިޓުގެ ހާލަތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްލައްވައިލައްވައިފިއެވެ.
ޔާމީން ބަންދުކޮށްފައި ހުންނަ މާފުށި ޖަލުގެ ސްޕެޝަލް މެނޭޖުމެންޓް ޔުނިޓުގައެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސް (އެމްސީއެސް) އިން މިއަދުކުރި ޓުވީޓެއްގައި ބުނީ ކަރެކްޝަންސް ކޮމިޝަނަރު އަހުމަދު މުހަމަދުފުޅާއި މިނިސްޓަރު އިމްރާން މިއަދު މާފުށި ޖަލަށް ވަޑައިގެން އެ ތަނުގައި އިމާރަތްކުރާ އާ ޖަލު ޔުނިޓާއި ޔާމީން ބަންދުކޮށްފައި ހުންނަ ޔުނިޓުގެ ހާލަތު ބައްލައްވާލައްވާފައިވާ ކަމަށެވެ.
"މާފުށި ޖަލުގައި އިމާރާތް ކުރަމުންގެންދާ އާ ޔުނިޓްގެ މަސައްކަތް ކުރިއަށްދާގޮތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވާ ޔުނިޓްގެ ހާލަތު މިނިސްޓާ އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް ބައްލައްވައިފި،" ކަރެކްޝަންސްއިން ބުންޏެވެ.
ޔާމީން ބަންދުކޮށްފައި ހުންނަ ޔުނިޓުގެ ހާލަތު ބައްލައްވާފައި މިވަނީ އެ ޔުނިޓުގެ ފާހާނާގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
އޭނާގެ އެ ތުހުމަތު ކަރެކްޝަންސްއިން ވަނީ ދޮގުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު