ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ސިއްހަތަށް ނުރައްކާވާ ދެ މާއްދާއެއް ހިމެނޭތީ އެ ސިރަޕު ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެލާޓަކާ ގުޅިގެން އެމްއެފްޑީއޭ އިން މަނާކުރީ އިންޑިއާގެ ކޯފް ސިރަޕެއް ކަމަށްވާ "ގުއައިފެނެސިން ސިރަޕް" ބޭނުން އެވެ.
އެއީ އެ ވައްތަރުގެ ކޯފް ސިރަޕްގައި ސިއްހަތަށް ނުރައްކާވާ ދެ މާއްދާގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވަނީ "ޑައިތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހިމެނޭތީއެވެ.
ސިއްހަތަށް ނުރައްކާވާ މާއްދާތަކެއް ހުރުމުން އިންޑިއާގެ ބައެއް ކުންފުނިތަކުން އުފެއްދި ބައެއް ކޯފް ސިރަޕް ބޭނުން ނުކުރުމަށް ޑަބްލިއުއެޗްއޯ އިން މީގެ ކުރިންވެސް ވަނީ އެލާޓު ނެރެފަ އެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި "ގުއައިފެނެސިން ސިރަޕް" އަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހެއް ނޫނެވެ. ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓްވުމުގެ ފުރުސަތު އޮތުމުން ސަމާލުކަމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު