ބިލްޓް-އިން ވައިލެސް އިއާބަޑްސް ނުވަތަ ގަޑީގެ ތެރޭގައި އިންނަ ބަޑްސް އާއި އެކު ނެރުނު ވާވޭ ވޮޗް މާ ބޮޑަށްވެސް ތަފާތެވެ. ސްމާޓް ގަޑި ތަކަކީ މިހާރު ކިތަންމެ އާންމު އެއްޗެއް ނަމަވެސް ވާވޭގެ މި ސުމާޓް ގަޑީގެ މަތި ހުޅުވާލުމުން ވަޔަލެސް އިއަބަޑްސް ނެގޭނެއެވެ. ވާވޭ ވޮޗް 3 ޕްރޯގެ ނަން ދީފައިވާ މި ގަޑީގެ ބޭރު ފަރާތް ހަދާފައިވަނީ 1300 ޑިގްރީ ސެލްސިއަސްގެ ރިފައިންޑް ސްޓީލް ބޮޑީއެއްގައި ޖައްސާފައިވާ ތްރީޑީ ކާވްޑް ބިއްލޫރިން ނެވެ. އަދި 710 ކްލޯސް ޑި ޕެރިސްގެ ޒީނަތްތަކުން ޒީނަތްކޮށްގެންނެވެ.

ގިނަ ކުންފުނި ތަކުން ބާޒާރަށް ނެރެފައިވާ ވައިލެސް އިއާބަޑްސް ކިތަންމެ ފަސޭހަ ނަމަވެސް، އާންމުކޮށް އެތަކެތި ރައްކާކޮށް ޗާޖު ކުރުމަށް ކުޑަ ފޮށްޓެއް (ކޭސްއެއް) ގެންގުޅެން ޖެހެ އެވެ. އެހެން ކަމުން މި ފޮށި ގެންގުޅުމާއި ގިނަ ފަހަރަށް އެފޮށި ޖީބަށް ލައިގެން އުޅެން ޖެހުމަކީ ބައެއް މީހުންނަށް ތަކުލީފަކަށް އޮންނަނީ ވެފައެވެ. ޖީބުން ވެއްޓި، ބޭއްވުނު ތަން ނޭގި އުޅެން ޖެހޭވަރުވެސް މަދެއް ނޫނެވެ.

އެހެންކަމުން ވާވޭގެ މި ސުމާޓް ގަޑިއާއި އެކު ޖީބް ހުސްކޮށްލެވޭނެއެވެ. އަތުގައި އަޅާލައިގެން އުޅެވޭ މި ފަސޭގަ ގަޑި ވާވޭ ވޮޗް ބަޑްސްގެ ފުލް ގްރޭން ލެދާ ސްޓްރެޕް އިން ހަންގަނޑު ފިނިކޮށްދޭނެއެވެ. އެހެން ބަޑްސްތަކުން ކަންފަތަށް ކުޑަ ކޮން ހޫނު ވިޔަސް މީ ތަފާތު އަދި އަރާމް ބަޑްސްއެވެ. އަތުކުރީ ގަޑީގެ ތެރޭގައި ބަޑްސް ފޮރުވިފައި ވިޔަސް ރީތި ނަލަ ވޮޗް ފޭސްތަކުން ސްޓައިލްގެ އިހުސާސް އިތުރުކޮށްދެ އެވެ. އަދި ވޮޗްގަ ހިމެނޭ އިއާބަޑްސް އަކީ 4 ގްރާމް ލުއި، އެޑެޕްޓިވް އައިޑެންޓިފިކޭޝަން ޓެކްނޮލޮޖީގެ ސަބަބުން ކޮންމެ ކަންފަތަކާ ވެސް ގުޅޭ އެއްޗެކެވެ.

މި ތަފާތު ގަޑީގެ ތެރޭގައި ފޮރުވިފައިވާ މި އިއާބަޑްސްގެ އެންމެ ފަސޭހަ ކަމަކީ ކަނފަތުގެ ތެރޭގައި ފަސޭހައިން ހަރުލުމާއި ޓެޕްކޮށްގެން ކޯލްތަކަށް ޖަވާބުދީ ރިޖެކްޓް ނުވަތަ ޓްރެކްތައް ޕްލޭކޮށް ޕޯސް ކުރެވޭނެ އެވެ. އަދި ނޮއިސް ކެންސަލް އެކްޓިވޭޓްކޮށް ޑިސްއޭބަލް ކުރުމަށް ތިން ފަހަރު ޓެޕް ވެސް ކުރެވިދާނެ އެވެ. ވާވޭ ފޯނު ތަކަކީ ބެޓެރީ އާދަޔާ ހިލާފަށް ވަރުގަދަ ފޯނުތަކެކެވެ. ހަމަ އެގޮތަށް ބެޓެރީ ލައިފްގެ ގޮތުން ބަލާއިރު ވާވޭ ވޮޗް ބަޑްސް އަކީ ވެސް ގިނަ އިރު ޗާރޗް ހިފަހައްޓާ އެއްޗެކެވެ. އެގޮތުން އެއްފަހަރު ޗާޖު ކުރުމުން 3 ދުވަހުގެ ބެޓެރީ ލައިފް ލިބެ އެވެ. އަދި ޗާޖު ކުރަން ފަސޭހަކަމަކީ ކޮންމެ އޭންގަލަކުން ވެސް އިއާބަޑްސް ޗާޖު ކުރެވޭތީ އެވެ.

ވާވޭ ފޯނުތަކުގެ ވިޔަފާރި އެމެރިކާގެ ޖެއްސުމާއި ހެދި ދައްވިޔަސް މިފަހަރު ދައްކާލި ގަޑީގެ ސަބަބުން އިތުރަށް ވިޔަފާރި ފުޅާވެގެން ދާނެކަމަށް ގިނަ ބަޔަކު ދެކެވެ. އަދި ވާވާ ކުންފުނީގެ އަމާޒަކީ މި ގަޑިއާއި އެކު ތަފާތު ޑިވައިސް ތަކެއް ބާޒާރަށް ނެރުމެވެ. ވާވޭ ވޮޗް ބަޑްސް އަކީ މިކަމުގެ އެންމެ ފަހުގެ މިސާލެވެ.

ޗައިނާގެ ޓެކް ކުންފުނި، ވާވޭއިން އާ ސްމާޓްވޮޗެއް ތައާރަފްކޮށްފައިވާއިރު، ވާވޭ ވޮޗް ބަޑްސް ރާއްޖެ އިން ވެސް މިހާރު ގަންނަން ލިބޭނެ އެވެ. އެގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ އެކުންފުނީގެ "މޫލީ" ބާޒާރުން މި ގެޖެޓް ލިބޭނެ ގޮތް ހަދައިފަ އެވެ. އަދި ވޮޗް ބަޑްސް ރާއްޖެއަށް ތައާރަފުކުރުމާއި ގުޅިގެން އެ ކުންފުނިން ވަނީ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މިމަހުގެ 22 އާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 6999ރ. އަށް ވޮޗް ބަޑު ލިބޭނެ އެވެ. މި ވޮޗް ބަޑު ގަންނަ ކަސްޓަމަރުންނަށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދޭނެ އެވެ.

https://youtu.be/Gfx8Uj_qKnU?t=11