ކޮކާ-ކޯލާ މޯލްޑިވްސް އިން އިންސްޓަގްރާމް އަދި ޓިކްޓޮކްގައި މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިކޮށްގެން "ބްލައިންޑް ޓޭސްޓް ޓެސްޓް" ހަރަކާތެއް ބާއްވައިފި އެވެ.
ކޮކާކޯލާ މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތުގައި ކޮކާ-ކޯލާގެ ތިން އުފެއްދުމެއް ކަމަށްވާ ކޮކާ-ކޯލާ އޮރިޖިނަލް ޓޭސްޓް، ކޮކާ-ކޯލާ ޒީރޯ ޝުގާ އަދި ޑައިޓް ކޯކްގެ ރަހަދައްކައި ކޮކާކޯލާ ޒީރޯ އަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އިންފްލުއެންސަރުންނާ ހަވާލުކުރި އެވެ.
ކޮކާކޯލާ އިން ބުނީ މި ހަރަކާތަކީ ކޯކް ޒީރޯގެ މީރު ރަހަ ދައްކާލުމުގެ އިތުރަށް، "މިއީ އެންމެ ރަނގަޅު ކޯކް ހެއްޔެވެ؟" މި ސުވާލު ހިތާއި ހިތާ ކޮށްލަން ފުރުސަތު ދިނުމަށް އިންތިޒާމުކުރި ހަރަކާތެއް ކަމަށެވެ. ރާއްޖޭގައި ލިބެން ހުރި ކޮކާ-ކޯލާގެ ތަފާތު ބާވަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށާއި މަޝްހޫރު އިންފްލުއެންސަރުންނާ ގުޅިގެން ކާމިޔާބުކަމާ އެކު ގިނަ ބަޔަކާ ހަމައަށް ވާސިލުވެ، "ޒީރޯ ޗެލެންޖަށް" ބޮޑު ޝައުގުވެރިކަމެއް އުފައްދައިފައިވާ ކަމަށް ކޮކާ-ކޯލާ މޯލްޑިވްސް އިން ބުންޏެވެ.
ކޮކާ-ކޯލާ މޯލްޑިވްސް އިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް އިންފްލުއެންސާ މާކެޓިން އަދި ކަސްޓަމަރުންގެ ބައިވެރިވުމާ އެކު ހިންގޭ ހަރަކާތްތަކުގެ ބޭނުން ހިފައިގެން ކުރިއަށް ގެންދިއުމެވެ. އެގޮތުން މި "ބްލައިންޑް ޓޭސްޓް ޓެސްޓް" އަކީ ކޮކާ-ކޯލާ މޯލްޑިވްސްގެ ތަފާތު ބުއިންތަކުގެ ތަފާތު ރަހަތަކާއި ސިފަތައް ދައްކުވައިދިނުމަށް ރޭވިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓުކަމަށް އެކުންފުނިން މައުލޫމާތު ދެ އެވެ.
ކަސްޓަމަރުންގެ މެދުގައި ހިތްގައިމު ތަޖުރިބާތަކެއް ހޯދައިދިނުމާ އެކު، ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ބެލުންތެރިންނާ ބަދަހި ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ހިތްގައިމު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ކޮކާކޯލާ އިން ބުންޏެވެ.
ޒީރޯ ޗެލެންޖާއި ކޮކާ-ކޯލާ މޯލްޑިވްސްގެ ހިތްގައިމު ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އިންސްޓަގްރާމާއި ފޭސްބުކްގައި @CocaColaMaldives ފޮލޯ ކުރާށެވެ.
ދުނިޔޭގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.