އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް 34 އަހަރު ހިދުމަތް ކުރެއްވި މޭޖާ އަލީ ސަލީމް މިއަދު ނިޔާވެއްޖެއެވެ.
ސަލީމް ނިޔާވެފައިވަނީ ސިއްހީ ހާލުކޮޅު ދެރަވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ވަނީ މިއަދުވެސް ސިފައިންގެ ވަޒީފާއަށް ނުކުމެވަޑައިގެންފައެވެ.
ފަޔާ އެންޑް ރެސްކިޔު ޔުނިޓް އުފެއްދި އިރު، ތިއްބެވި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ސަލީމަކީ ފަޔާ ފައިޓަރުން ތަމްރީނު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ނޮދަން އޭރިއާގައިވެސް ސަލީމް މަސައްކަތް ކުރެއްވިއެވެ.
ސަލީމް ނިޔާވުމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު