ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ބާ އޮޑިތަކެއް ފައްތިޔާ ކަނޑައިގެން ގޮސް އޮޔާދާތީ އެ ކަމުގެ ކަންބޮޑުވުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ފާޅުކޮށްފިއެވެ.
އެންބީއޭއެމްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ އުޅަނދުތަކުގެ ނަނގިލި ކަހާލައިގެން ހުޅުމާލޭ ފަޅުތެރޭގައި އޮޔާދަމުންދާ ކަމަށެވެ. އަދި އެކަމުގެ ގެއްލުން ފަޅުގައި އަޅާފައި ހުރި އެހެން އުޅަނދުތަކަށް ކުރާ ކަމަށް ބުންޏެވެ.
އެންބީއޭއެމްއިން ބުނީ ބޯޓުތަކުގެ މައްސަލަ އާބަންކޯ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ހުޅުމާލޭ ފަޅުގައި ހުރި އޮޑިފަހަރުގެ ތެރެއިން، އެންމެ ގިނައިން އޮޔާދަމުން ދަނީ ލޭނު މަސްވެރިކަމުގައި ބޭނުންކުރާ ޒާތުގެ އޮޑިތަކެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަންނަ އުޅަނދުތައްވެސް އެ ފަޅުގައި އަޅާފައި އޮވެއެވެ.
ހުޅުމާލޭ ފަޅަކީ ކަންނެލި އޮޑިފަހަރާއި ސަފާރީ އާއި އެހެނިހެން ސިނާއަތްތަކުގައިވެސް ބޭނުންކުރާ އެކި އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ ފަޅެކެވެ. ސީޕްލޭން ޓާމިނަލްވެސް ވަންނަނީ ހުޅުމާލޭގެ ފަޅު ތެރެއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު