ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި ޕެރޭޑަކާއެކު ހަވާ އަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ކަމަށެވެ. އަދި ހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެ ކަމަށް ބުންޏެވެ.
ޕެރޭޑުގެ އިތުރުން އެ ދުވަހުގެ ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ހަރަކާތަކާއި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖުމްހޫރީ މައިދާނުގައި ހާއްސަ ޑިސްޕްލޭއެއް އެރޭ 8:00 ޖަހާއިރު ބާއްވާނެ ކަމަށްވެސް ބުންޏެވެ.
އެ ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުގެ ހުށަހެޅުންތަކާއެކު ހަވާ އެރުމަށް ހަމަޖެހިފައިވެއެވެ. ހަވާ އެރުވުން އޮންނާނީ އެރޭގެ 20:20 ގައެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އަދި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ހަރަކާތްތަކެއްވެސް ބާއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު