ކުރިއަށް އޮތް ފިތުރު އީދު ޗުއްޓީގައި އާއިލާއާ އެކު ރަށުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިއްބައިދޭ "ކޮކާކޯލާ ވަން ބިގް ފެމިލީ" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބާއްވާ ގުރު ނެގުން މިރޭ ކުރިއަށްގެންދަން ރާވާފައިވާ ކަމަށް ކޮކާ ކޯލާއިން ބުނެފިއެވެ.
ކޮކާކޯލާ "ވަން ބިގް ފެމިލީ" ޕްރޮމޯޝަނަކީ އާއިލާތައް އެކީގައި ވަގުތު ހޭދަކުރުމަށް ބާރުއަޅައި އެއްތަނަކަށް ގެނެސްދޭ ޕްރޮމޯޝަނެކެވެ. އެގޮތުން ޕްރޮމޯޝަނުގެ ދަށުން ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، އާއިލާއާ ގުޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
މި ޕްރޮމޯޝަނުގައި ޖުމުލަ ފަސް ނަސީބުވެރިޔަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިން ބޭނުންނަމަ، އީދު ޗުއްޓީއަށް ދާން އެ ފަރާތްތަކުން އެދުނު ރަށަށް ފޮނުވައިދޭނެއެވެ. ނުވަތަ އެ ފަރާތްތަކުގެ އާއިލާ މެންބަރުންނަށް ކޮކާކޯލާގެ ފަރާތުން ގިފްޓް ހެމްޕާސްވެސް ފޮނުވައިލެވޭނެއެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ސުންގަޑި މިރޭ 8:00އަށް ހަމަވާއިރު، ނަސީބުވެރިން ހޮވުމަށް ބާއްވާ ގުރުލުން މިރޭ 9:30 ލައިވްކޮށް ކުރިއަށްގެންދާނެ ކަމަށް ކޮކާކޯލާއިން ބުންޏެވެ. މި ލައިވް ގުރު ނެގުން "ވަން"ގެ ފޭސްބުކް އެކައުންޓުން ވަގުތުން ދައްކާނެއެވެ.