ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓަރީ އަދި ޕޯޓިކޯ ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޑީއެންއެފް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.

އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލް ހަންނާން ހުސެއިންއެވެ. ޑީއެންއެފް އިންޖީނިއަރިންގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ޝަކީބު އަހުމަދެވެ.

ހެލްތު މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވާ ގޮތުން، މި މަސައްކަތް ޑީއެންއެފް އިންޖީނިއަރިންއާ ހަވާލުކުރީ 4.7 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ ފަސް މަހެވެ.