އެމްއެންޑީއެފްގެ މެރިން ކޯޕްސްގެ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެރިން ކޯޕްސްގެ އަސާސީ ތަމްރީނުގައި ބައިވެރިވެފައިވަނީ ތިން އަންހެން ސިފައިން ކަމަށެވެ.

ޝަމާލް ވަނީ އެ ތިން ސިފައިންގެ ފޮޓޯއެއް ވެސް ހިއްސާކުރައްވައިފައެވެ.

"މެރިން ކޯޕްސްގެ މި ބެޗު ވަނީ މިވަނީ ތާރީހުގައި ހިމެނިފައި، ފުރަތަމަ ފަހަރަށް އަންހެން ސިފައިންނާއެކު ތަމްރީނު ފެށި،" ޝަމާލް ވިދާޅުވިއެވެ.

މެރިން ކޯޕްސްގެ ތަމްރީނު ކުރިއަށްގެންދާ ސަރަހައްދަށް ވަޑައިގެން ޝަމާލް ވަނީ ތަމްރީނުގައި ބައިވެރިވާ ހުރިހާ ސިފައިންނާ ބައްދަލުކުރައްވައިފައެވެ.

މެރިން ކޯޕްސް އަކީ އެއްގަމާއި ކަނޑުގައި ހިންގާ ހާއްސަ އޮޕަރޭޝަންތަކަށް ތަމްރީނުކުރާ ސިިފައިންނެވެ.