މިއަދަކީ މިއަހަރުގެ ރޯދަމަހުގެ 18 ވަނަ ދުވަހެވެ. ބާޒާރުގައި ގިނަ ބާވަތްތަކެއް ލިބެން ހުރިއިރު ތަކެތީގެ އަގުތަކަށް މާބޮޑެތި ބަދަލުތަކެއް ނާދެއެވެ. ނަމަވެސް މާރުކޭޓުން ވާހަކަދެއްކި ގިނަ މީހުން ދެއްކީ މިއަދު ތޮއްޑޫ ސަޕްލައި ދޯނިން ގެނައި ކަރާ މި ރޯދަމަހުގެ އެހެން ދުވަސްތަކަށްވުރެ މަދު ވާހަކައެވެ.
ގޮޅިއެއްގައި އިން ވިޔަފާރިވެރިއަކު ބުނިގޮތުގައި އެއީ ރޯދައަށް ހެއްދި ކަރާ "ހުސްވާ އަތަށް އަޅަން ފެށީ" އެވެ. ދެން މަޑުމަޑުން ކަރާގެ އަގު ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަދި ކަރާގެ އަގަކަށް ބަދަލެއް ނާދެއެވެ. މިއަދުވެސް ތޮއްޑޫ ކަރާ ކިލޯއެއް އުޅެނީ 20-25ރ އާ ދެމެދުގަ އެވެ.
ފަނިގިރާ އެެހެން ބާވަތުގެ މޭވާއަށް ބަލާއިރު ދިވެހި ދޮން އަނބު ކިލޯއެއް އުޅެނީ 80-100 އާ ދެމެދުގެ އަގުތަކުގައެވެ. ފެޝަންފުރުޓް ކިލޯއެއް 70ރ އަށް ލިބެންހުރި އިރު، ކުރުނބައެއް ލިބެނީ 20-45 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
- ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 40-45 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 45 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 75 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 80 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 20-45 ރުފިޔާއަށް
- ފެޝަން ފުރުޓް: 70 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 45-55 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 65 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 45 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 250 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: ހަތަރު ރުފިޔާއަށް
- އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
- މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 110-150 ރުފިޔާއަށް ކިލޯއެއް
- އަނބު: 80-100 ކިލޯއެއް
- އަންނާރު: 85 ރުފިޔާއަށް ކިލޯއެއް
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 10-25 ރުފިޔާއަށް
- ގަބުޅިއެއް: 28 ރުފިޔާއަށް
- އަލުވި: 15 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 45 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 35 ރުފިޔާއަށް ކިލޯއެއް
- ބަށި: 50-65 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 20-50 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 40-45 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 70 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 40-45 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 150 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 120-200 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 40-70 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 30 ރުފިޔާއަށް ކިލޯއެއް
- ބަރަބޯ: 25ރ އަށް ކިލޯއެއް
- ބެލްޕެޕާ: 75ރ އަށް ކިލޯއެއް
- ބީންސް: 60ރ އަށް ކިލޯއެއް
ޚަބަރު
ޚަބަރު
ޚަބަރު