އިންޑިއާއިން ރާއްޖެއަށް އަސްކަރީ ކަނޑުމަތީ އުޅަނދެއް ހަދިޔާކޮށްފިއެވެ.
އިންޑިއާގެ އީސްޓާން ނޭވަލް ކޮމާންޑުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއަށް ހަދިޔާކުރީ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށާއި އެ އުޅަނދު ހަދިޔާކުރީ ދެ ގައުމުގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ކަމަށެވެ.
ރާއްޖެއަށް ހަނގުރާމެވެރި އުޅަނދެއް ހަދިޔާކުރަން އިންޑިއާއިން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިދިޔަ އަހަރުގެ އޮގަސްޓު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ފާސްޓް އެޓޭކް ކްރާފްޓް (އެފްއޭސީ) އަކީ އެންޓި މިސައިލް ހަނގުރާމަވެރި އުޅަނދެކެވެ. ފާސްޓް އެޓޭކް ކްރާފްޓަކީ މެރިޓައިމް ޕެޓްރޯލިން އަދި ކަނޑުމަތީ ހަނގުރާމައިގެ އިތުރުން ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުންކުރާ އުޅަނދެކެވެ.
މީގެ އިތުރުން އެފަދަ އުޅަނދުތައް ޕައިރެސީއާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައިވެސް ބޭނުންކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު