އއ. ހިމަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެލައިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެލައިޓް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އާއިޒް ރުޝްދީއެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއަކީ 10,312,301.43 ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 365 ދުވަހުގެ ތެރޭގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް އިމާރާތްކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.