ތ. ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.
ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 23، 2021 ގައެވެ. މިއީ ޖުމުލަ 19.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ އެންމެފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގްރޮއިން ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ގޮނޑުދޮށައް ވެލި އެޅުމުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 500 މީޓަރުގެ ރިވެޓްމަންޓަކާއި 15 މީޓަރުގެ ގްރޮއިންއެއް ގާއިމުކޮށް، ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު