މާލެއިން ފެނުނު ކެމިކަލް ގުދަން ހުސްކޮށްފިއެވެ.
ދެހާސް އަށާރަވަނަ އަހަރު ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ކެމިކަލް ގުދަންތައް ބޭރުކުރަން ގަވާއިދެއް ވަނީ ހަދައިފައެވެ. އެ ގަވާއިދުގެ ދަށުން މާލޭގައި ކެމިކަލް ގުދަކުރުމަކީ މަނާ ކަމެކެވެ. އަދި ގަވާއިދާ އެއްގޮތަށް މާލޭގައި ހުރި ކެމިކަލް ގުދަންތައް ވަނީ ތިލަފުއްޓަށާއި ހުޅުމާލެއަށް ބަދަލުކޮށްފައެވެ.
ނަމަވަސް މާލޭ ލިލީމަގުގައި ހުންނަ ގ. ގަސްކަރަގެއާއި ޖެހިންގެން ކެމިކަލް ގުދަނެއް ހިންގާ މައްސަލައެއް މިފަހުން ފެންމަތިވިއެވެ.
އެ ކެމިކަލް ގުދަނާ ގުޅޭ ގޮތުން އެމްއެންޑީއެފުން އިއްޔެ ބުނީ، ކެމިކަލް ގުދަން ހުރިކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން އެތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއް ހަދައި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އިން "ވަން" އަށް މިއަދު ބުނީ އެ ކެމިކަލް ގުދަން ހުސްކޮށް ހުޅުމާލެއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަދަލުކުރީ ކޮންދުވަހަކު ކަމެއް ނުބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު