ކުރިން ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް އޮމާނަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.

ކުރިން ވިސާއެއް ނެގުމަކާ ނުލައި އޮމާނަށް ދަތުރުކުރެވޭނީ ކުރިން ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮވެގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އޮމާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށް ނިންމުމަކީ ދެ ގައުމުގެ މެދުގައި އޮތް ގާތް، ރަހުމަތްތެރި ގުޅުމާއި އޮމާނުން ރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުގެ ރަމްޒު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިތުރުން އޮމާނުން ވަނީ 100 ގައުމެއްގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފައެވެ. މިދިޔަ މަހުން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރަން ދޫކުރަން ނިންމި އިރު، އޭގެ ތެރޭގައި އޭޝިއާ އާއި ޔޫރަޕްގެ ގިނަ ގައުމުތައް ހިމެނެއެވެ.