ލެޓިއުސްއަކީ ރޯދަ މަހު އެންމެ ގިނައިން ބޭނުންވާ އަދި ވިކޭ ފަތުގެ ބާވަތެވެ. ލެޓިއުސްއަކީ ތަފާތު ސެލެޑްތަކާއި ސޭންޑްވިޗް ހެދުމަށާއި މަސްހުނި ހެދުމަށްވެސް ބޭނުންކުރާ އެއްޗެކެވެ. އަދި ރޮލާ ކެއުމަށްވެސް ލެޓިއުސް ބޭނުންކޮށް އުޅެއެވެ.
މި އަހަރުގެ ރޯދަ މަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި ލެޓިއުސް ކިލޯއެއް ހުރީ، 100 ރުފިޔާއަށެވެ. ނަމަވެސް އިއްޔެ ލެޓިއުސް ކިލޯއެއް ހުރީ 50-70 ރުފިޔާއާ ދެމެދުގެ އަގަކަށް ތިރިވެފައެވެ. މި ހަފުތާގެ ކުރީގެ ބައެއް ދުވަސްތަކުގައި ލެޓިއުސް ކިލޯއެއްގެ އަގު 40 ރުފިޔާއަށްވެސް ވެއްޓުނެވެ.
އެހެން ނަމަވެސް ބާޒާރުގައި ލެޓިއުސް ކިލޯއެއް މިއަދު ލިބެން ހުރީ 180 ރުފިޔާއަށެވެ. ގޮޅިތަކުގައި ލެޓިއުސް އާދަޔާ ހިލާފަށް މަދުކަމަކަށްވެސް ފާހަގައެއް ނުކުރެވެއެވެ.
ބާޒާރުގައި ލެޓިއުސްގެ އަގު ބޮޑުކޮށްފައި މިވަނީ ލެޓިއުސް ވިކޭލެއް އިތުރުވުމުން ކަމަށް މާރުކޭޓުން ބައްދަލުވި ބައެއް މީހުން "ވަން" އަށް ބުންޏެވެ. އެހެންނަމަވެސް ގޮޅީވެރީން އެކަމަށް އެއްބަހެއް ނުވެއެވެ. އެމީހުން ބުނަނީ އަގުތައް ހަދަނީ އެމީހުނަށް ލިބޭ އަގަކަށް ބަލައި "އެއްޗެއް" ލައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު