ފުރޮޅު ފަޅައިގެން ދިޔަ ފްލައި ދުބާއީގެ ފުލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭއިން ނެގުމަށްފަހު، ރަންވޭ އަލުން ހުޅުވައިފިއެވެ.
ފްލައި ދުބާއީގެ ބޮއިން 737 މެކްސް 9 މަތިންދާ ބޯޓު މިއަދު ވީއައިއޭއަށް ޖައްސަން އުޅެނިކޮށް ވަނީ ފުރޮޅު ފަޅައިގެން ގޮސްފައެވެ. އެހެންވެ ރަންވޭ ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ ފުލައިޓު ނެގުމަށްފަހު 5:45 ގައި ރަންވޭ އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.
އެމްއެސީއެލުން ބުނީ ފުރޮޅު ފަޅައިގެން ދިޔަ ފުލައިޓުގެ ފަސިންޖަރުންނާއި ކްރޫންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ރަންވޭ ބަންދުކުރުމުގެ ސަބަބުން ބައެއް ފުލައިޓުތައް ވަނީ ސްރީ ލަންކާއަށާއި ބެންގަލޫރަށް ޑައިވާޓް ކޮށްފައެވެ. އަދި ބައެއް ފުލައިޓުތައް ވަނީ ދުބައީއަށް ވެސް ޑައިވާޓްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު