ފްލައި ދުބައީގެ ފުލައިޓެއްގެ ފުރޮޅެއް ފަޅައިގެން ދިއުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ރަންވޭ ބަންދުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ ފުލައިޓުގެ ފުރޮޅު ފަޅައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަންތަކަށް ބުރޫ އަރާފައިވާ ކަމަށާއި ރަންވޭ އަލުން ހުޅުވޭނެކަމަށް ބެލެވެނީ 5:00 ޖަހާއިރު ކަމަށެވެ.

އެމްއެސީއެލުން ބުނީ ފުރޮޅު ފަޅައިގެން ދިޔަ ފުލައިޓުގެ ފަސިންޖަރުންނާއި ކްރޫންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ރަންވޭ ބަންދުކުރުމުގެ ސަބަބުން ބައެއް ފުލައިޓުތައް ވަނީ ސްރީ ލަންކާއަށާއި ބެންގަލޫރަށް ޑައިވާޓް ކޮށްފައެވެ. އަދި ބައެއް ފުލައިޓުތައް ވަނީ ދުބައީއަށް ވެސް ޑައިވާޓްކޮށްފައެވެ.