ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއްގައި ސޮއިކޮށްފިއެވެ.
އޭޑީބީއާ ހަވާލާދީ ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭޑީބީގެ އިސްނެގުމުގެ މަތިން ހަމަޖެއްސި މި ފައިނޭންސިން ޕެކޭޖުގެ ކޯޑިނޭޓަރު ނުވަތަ ބުކްރަނާގެ ހައިސިއްޔަތުން އޭޑީބީން ވަނީ އެ ބޭންކުގެ އާދައިގެ ކެޕިޓަލް ރިސޯސްތަކުން 13 މިލިއަން ޑޮލަރާ ހަމައަށް ލޯނު ހަމަޖައްސައިފައެވެ. އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން 13 މިލިއަން ޑޮލަރާ ހަމައަށް ދޭ ޕެރަލަލް ލޯނަކާއި އޮސްޓްރިއާގެ ޑިވެލޮޕްމަންޓް ބޭންކުން ފަސް މިލިއަން ޑޮލަރުގެ ޕެރަލަލް ލޯނެއް މި ފައިނޭންސިން ޕެކޭޖުގައި ހިމެނެއެވެ.
އޭގެ އިތުރުން ރާއްޖޭގެ ތަރައްގީގެ އަސަރު ރަނގަޅުކުރުމަށާއި ނޫ އިގުތިސާދުގެ މުއާމަލާތްތަކާ ގުޅޭ ފައިސާ ހޯދުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، އޭޑީބީން ވަނީ މި މަޝްރޫއުގެ ދަރަނީގެ ފައިނޭންސިން، ކެނެޑާގެ ކްލައިމެޓް ފަންޑް ފޯ ދަ ޕްރައިވެޓް ސެކްޓާ އިން އޭޝިއާ 2 (ސީއެފްޕީއެސް އައި) އިން ނުވަ މިލިއަން ޑޮލަރާ ހަމައަށް ލުއި ލޯނެއް ނަގައިފައެވެ. އަދި އޭޑީބީގެ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑް (އޭޑީއެފް) – ޕްރައިވެޓް ސެކްޓާ ވިންޑޯ (އޭޑީބީ ޕީއެސްޑަބްލިއު) އިން އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ދީފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.
މި ލޯނު ޕެކޭޖުގެ މަދުވެގެން 60 ޕަސެންޓް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އަދި އަންހެނުންގެ ހިއްސާ އޮންނަ ނުވަތަ ލެޑް ފާމްތަކަށް ފަސް އިންސައްތަ ދޫކުރުމަށް ނިންމާފައިވާ އިރު، ސީއެފްޕީއެސް ދެ ލޯނާއި ޕީއެސްޑަބްލިއު ގްރާންޓްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ނޫ އިގުތިސާދަށް އަމާޒުކޮށްގެން ހިންގާ އެޑަޕްޓޭޝަން ޕްރޮޖެކްޓުތަކަށް އެހީތެރިވުމާއި ކުރިއެރުވުމުގައި ބީއެމްއެލްގެ ގާބިލުކަން އިތުރުކުރުމަށް މި މަޝްރޫއުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އޭޑީބީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު