އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީއެސްބީ) ސަރުކާރުން ފޮނުވައިފިއެވެ.
ކުުރީގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގެވެސް އަދާކުރެއްވި ސައީދުގެ ނަން ޕީސީބީއަށް ފޮނުވާފައިވާކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެެވެ. އެސްޓީއޯގެ ހިންގުން ސައީދާ ހަވާލުކުރަން މި ނިންމީ، އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު ވަކިކުރެއްވުމަށްފަހުއެވެ.
ސައީދު ކެބިނެޓް ސެކްރެޓަރީގެ މަގާމު ފުރުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭނާއާ ހަވާލުކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ. އެ އޮފީސް ބަންދު ކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސިންގަޕޫރުގައިވެސް ހުންނަ މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު