ރޯދަ އެލަވަންސް ނުލިބޭނަމަ އެކަމުގެ ޝަކުވާ ހުށަހަޅަން ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) އިން ހުޅުވާލައިފިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ހުރިހާ ދިވެހި މުވައްޒަފުންނަށް ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ، ވަޒީފާ އަދާކުރާ ތަނަކުން ދޭން ޖެހެއެވެ. އެ އެލަވަންސް ދޭން ޖެހެނީ ރޯދައިގެ ކުރިންނެވެ.
އެލްއާރްއޭއިން މިއަދުކުރި ޓުވީޓެއްގައި ބުނީ ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި ޝަކުވާ ހުށަހަޅަން ވާނީ https://lra.gov.mv/dv/complaint-form/ މެދުވެރިކޮށް ކަމަށެވެ.
ރޯދަ އެލަވަންސް މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ދިނުމަށް އެލްއާރްއޭއިން ވަނީ މިމަހުގެ އެއްވަނަ ދުވަހު އިލްތިމާސްކޮށްފައެވެ. ސަރުކާރު މުވައްޒަފުންނަށް ރޯދަ އެލަވަންސް ޖަމާވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ މަހުގެ އެލަވަންސް ނުދޭކަމާއި އިނާޔަތް ދިންކަމުގައިވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައި ނުވާކަން މީގެ ކުރިން ފާހަގަކުރެވިފައިވާ އެ އެލްއާރްއޭއިން ބުނެފައިވެއެވެ.
އެ އޮތޯރިޓީން ކުރިން ބުނެފައިވާ ގޮތުގައި، ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު އެ އޮތޯރިޓީއަށް 65 ޝަކުވާ ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު