ހުސައިން އަމްރު އެސްޓީއޯގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެކަން ކަށަވަރުކޮށްދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު ވަކިކުރަން ނިންމުމަކީ އެގޮތަށް ގެންނަން ނިންމި ބަދަލެއް ކަމަށެވެ.
ރައީސް ވަނީ އަމްރު އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި އެ ކުންފުނީގައި އޭނާ އަދާކުރަމުންދާ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން ވަކިކުރަން ނިންމައިފައެވެ.
އަމްރު އެސްޓީއޯއިން ވަކިކުރަން ނިންމި އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި އޭނާ ގެންދަވަނީ އެމްޑީޕީ ތެރެއިން ރައީސް ނަޝީދު އުފައްދައިގެން އުޅޭ ''ފިކުރެއްގެ ދިރުން'' ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު