މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވީ، މިއަދު އިރުއޮއްސުނު އިރު، ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ ގިނަ ގައުމުތަކަށް ވެސް 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ. އެއްވެސް އިސްލާމީ ގައުމަކަށް ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މާދަމާއަކީ 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަސް ކަމަށް އަންގައި، މިނިސްޓަރު ވަނީ އިއުލާންކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި ﷲގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ، ވަސިއްޔަތްކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު