ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގައި އެލިއާގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި ޔަމަހާ އިންޖީނު ވިއްކާ އެލިއާއިން ބުނި ގޮތުގައި އެ ކުންފުނިން މެރިން އެކްސްޕޯގައި ހަދާފައިވާ ޔަމަހާ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ޔަމަހާ އިންޖީނެއް ލިބޭނެ އެވެ.
އޭގެ އިތުރުން އިންސްޓޯލްމަންޓަށް އިންޖީނު ގަންނަ ފަރާތްތަކަށް ވަރަށް ލުއިފަސޭހަ ޕްލޭންތަކެއް ލިބިގެންދާނެ ޕްރޮމޯޝަންތަކެއް ވަނީ ފަށައިފައެވެ. ބޮޑެތި ޑިސްކައުންޓްތަކާ އެކު ފެށި އެ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެލިއާ އިން ބުނީ، މެރިން އެކްސްޕޯގެ ސްޓޯލުން ޔަމަހާ އިންޖީނުތަކުގެ ހުރިހާ މޮޑެލްތަކެއްގެ މައުލޫމާތާއި ވޯޓާވެހިކަލްގެ ތަފާތު މޮޑެލްތަކުގެ މައުލޫމާތު ލިބޭނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ކަނޑުދަތުރުގެ ފެއާ، މޯލްޑިވްސް މެރިން އެކްސްޕޯއަކީ ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ، ގައުމީ ބޯޓިން ޖަމިއްޔާ ބޯޓިން އެސޯސިއޭޝަން (އެންބީއެމް) ގެ ރަސްމީ ފެއާއެވެ. މިއަދަކީ އެ ފެއާގެ އެންމެ ފަހު ދުވަހެވެ. މި އަހަރުގެ ފެއާގެ އެއް މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.