ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ، ފަރެސްމާތޮޑާ އެއާޕޯޓް މިރޭ ހުޅުއްވައިދެއްވައިފިއެވެ.

އެ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި ފަރެސްމާތޮޑާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ސްޓޭޝަނެއްވެސް ހަދާފައިވެއެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހިންގަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފައިވާއިރު އެ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަފުތާއަކު ދެ ފްލައިޓު ބާއްވާނެއެވެ.